ދެ ފިރިހެނަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަ އެކަކީ ގާނޫނީ ވަކީލް ނާޒިމް އަަބްދުއްސައްތާރުކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.
މި ވީޑީއޯއާއި ގުޅޭގޮތުން ދުވަހުން ސުވާލެއް ކޮށްލުމުން އޭނާ ވިދާޅުވީ އެ ތުހުމަތަށް ސާފުކޮށް އިންކާރުކުރާކަމަށެވެ.
މި ވީޑިއޯ އާއި ވީޑިއޯއިން ނަގާފައިވާ ބައެއް ސްކްރީން ޝޮޓްތަކާއެކު ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނައިރު ގިނަ ބަޔަކު މިހާރު އަންނަނީ ނާޒިމް ހައްޔަރުކުރުމަށްވެސް ގޮވާލަމުންނެވެ.
މި ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވޭތޯ އެހުމުން ފުލުހުންގެ ޖަވާބެއް އަދި ލިބިފައެއް ނުވެއެވެ. ވީޑިއޯގެ މައްސަލަ އަމިއްލައަށް ޕޮލިހަށް ހުށަހަޅާފައިވާނެތޯ އެހުމުން ނާޒިމް ވިދާާޅުވީ "ނޯ ކޮމެންޓް" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް