އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފިއެވެ.
އެގޮތުން އެ ކުންފުނިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުުފުލެމުން ކަމަށާއި އެހެންކަމުން ޖޫން 24 ވަނަ ދުވަހުން ފެށިގން ފިއުލް ސަޕްލައި މޯލްޑިވްސްގެ ސޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތަކަށްވަނީ ތިރީގައިވާ ބަދަލު ގެނެވިފައެވެ.
ކުރީގެ އަގު:
- ޕެޓްރޯލް ލިޓަރެއް 14.60
- ޑީސަލް ލިޓަރެއް 14.80
މިއަދުން ފެށިގެން ދެން ވިއްކާނެ އަގު:
- ޕެޓްރޯލް ލީޓަރެއް 16.55
- ޑީސަލް ލީޓަރެއް 16.77
މި ބަދަލާއެކު ޕެޓްރޯލު އަދި ޑީސަލް ލިޓަރަކުން ގާތްގަނޑަކަށް ދެ ރުފިޔާ މިވަނީ ބޮޑުވެފައެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި ދެމެހެއްޓެނިވިގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް