ދެ ދުވަހަށް ފަހު، ކޮވިޑްގެ މަރެއް!

ކޮވިޑް ބަލީގައި ރާއްޖެއިން 34 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މިއަދު 07:36 ގައި ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ. ނިޔާވި އިރު ފަރުވ...

24 Jun 2021 | 18:58

ކޮވިޑް ބަލީގައި ރާއްޖެއިން 34 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މިއަދު 07:36 ގައި ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ. ނިޔާވި އިރު ފަރުވާދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 208 ވަނަ މީހާއެވެ.

https://twitter.com/HPA_MV/status/1408122005430292480

އެޗްޕީއޭގެ އަދާހަމަ ތަކަށް ބަލާއިރު، ފާއިތުވި ދެ ދުވަހު ކޮވިޑްގައި ރާއްޖެއިން އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އެހެންކަމުން މިއީ ތިން ދުވަސް ތެރޭގައި ރާއްޖެއިން ނިޔާވި ފުރަތަމަ މީހާއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވާކަން އެޗްޕީއޭގެ ނަންބަރުތަކުން އެނގެއެވެ. އެގޮތުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާމީހުންނާއި، ނިޔާވާ މީހުން ވަނީ މަދުވާން ފަށާފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވާއިރު، ކޮވިޑްގެ އެކްޓިވް ކޭސް ތަކުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް