މާލެ ސަރަހައްދުން ކޮވިޑްގެ އަދަދުތައް ދަށަށް ދާއިރު، އަތޮޅުތެރޭގެ އަދަދުތައް ހުރިީ މަތީގައި ކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކޮވިޑް އަދާހަމަ ތަކުން ދައްކައިފިއެވެ.
އެގޮތުން، މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 212 މީހުންނެވެ.
އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މާލެއިން ޕޮސިޓިވްވެފައިވަނީ 52 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން ފައްސިވެފައިވަނީ 157 މީހުން ކަމަށެވެ. މީގެ އިތުރުން ފައްސިވެފައި ވަނީ ރެސޯޓްތަކުން ދެމީހުންނާއި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުން މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،523 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 4،959 މީހުންނަށެވެ. އޭގެ ތެރެއިން 38 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 68،197 މީހުންނެވެ.
ކޮވިޑްގައި އިއްޔެއާއި މިއަދު ވެސް ރާއްޖެއިން އެއްވެސް މީހަކު ނިޔާވެފައި ނުވާއިރު، މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 207 އަށް އަރާފައެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 72،678 މީހުން ފައްސިވެފައިވެ އެވެ.
https://twitter.com/HPA_MV/status/1408107680397336585
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް