ނޫސްވެރިކަމުގެ މިނިވަންކަމަކީވެސް އިންތަކެއް އޮންނަންޖެހޭ މިނިވަންކަމެއް: ރީކޯ

ނޫސްވެރިކަމުގެ މިނިވަންކަމަކީވެސް އިންތަކެއް އޮންނަންޖެހޭ މިނިވަންކަމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ. ރީކޯ މޫސަ ވިދާޅުވީ، ގައުމުގާ ހިނގ...

24 Jun 2021 | 16:37

ނޫސްވެރިކަމުގެ މިނިވަންކަމަކީވެސް އިންތަކެއް އޮންނަންޖެހޭ މިނިވަންކަމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ވިދާޅުވީ، ގައުމުގާ ހިނގާހާ ކަމަކަށްފާޑުކިއުމާ އެހެންމީހުންގެވާހަކަތަށް މީޑިއާތަކުގާ ހާމަކުރާއިރު ޒިއްމާދާރު ނުވެވޭނަމަ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެގޮތުގާ ބަލައިނުގަނެ މީޑިއާއަކީ ސިޔާސީ ހަތުރުންނަށްވެދާނެ ކަމަށެވެ.

މޫސަ މިހެން ވިދާޅުވެފައި މިވަނީ، 13 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތާމެދު ޖެންޑާ މިނިސްޓްރީން ޖޫރިމަނާކޮށް، ނަސޭހަތް ދީފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައިގައި "އަވަސް"ގެ އިތުރުން، އޮންލައިން ނޫސް “ވަގުތު” “ވަން” އަދި ” އަދަދު” އަށް ޖެންޑާއިން ނޯޓިސް ފޮނުވާވައިވާ ކަމަށް އެ ނޫސްތަކުން މައުލޫމާތު ދެ އެވެ.

މި މައްސަލައިގައި، މީޑިއާތަކަށް ބިރު ދެއްކުން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލާފައި ވެއެވެ.

އެމްއެމްސީގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ޗައިލްޑް ޕްރޮޓެކްޝަން ސާވިސަސްއިން ބަލައި ހައްލަކީ ޖޫރިމަނާ ކަމަށް ނުދެކޭ ކަމަށެވެ.

އެމްއެމްސީން ބުނީ މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިޚްތިސާސް ލިބިގެންވަނީ އެ ކައުންސިލަށް ކަމުގައިވީހިނދު، އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް