ލޯކަލް ކައުންސިލް އިންތިޚާބުގެ އޮފިޝަލުންނަށް އެލަވަންސް ނުލިބި ވާނަމަ މެއިލް ކުރަން އީސީއިން އެދިއްޖެ

މި އަހަރުގެ 10 ވަނަ ދުވަހު ބޭއްވީ ލޯކަލް ކައުންސިލް އިންތިޚާބުގެ އޮފިޝަލުންނަށް އެލަވަންސް ނުލިބި ވާނަމަ މެއިލް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެދިއްޖެއެވެ. އީސީގެ އިއުލާނުގައި ބުނެފައި ވަނ...

24 Jun 2021 | 16:03

މި އަހަރުގެ 10 ވަނަ ދުވަހު ބޭއްވީ ލޯކަލް ކައުންސިލް އިންތިޚާބުގެ އޮފިޝަލުންނަށް އެލަވަންސް ނުލިބި ވާނަމަ މެއިލް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެދިއްޖެއެވެ.

އީސީގެ އިއުލާނުގައި ބުނެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެއްވެސް ފަރާތަކަށް އޮފިޝަލް އެލެވަންސް ލިބިފައިނުވާނަމަ، ޖުލައި 07 ވާ ބުދަދުވަހު 14:00 ގެ ކުރިން  [email protected] އީމެއިލަށް ފޮނުއްވުން އެދޭ ކަމަށެވެ.

އަދި މިތާރީޚުގެ ފަހުން އެފަދަ އެއްވެސް ޝަކުވާއެއް ނެތީކަމުގައި ބަލާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ.

އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އޮފިޝަލުންނަށް ދޭންޖެހޭ އެލެވެންސް، މެއި މަހުގެ ފަހު ހަފްތާ ތެރޭގައި ދީ ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބުނެފައި ވެއެވެ.

އިންތިހާބު ބޭއްވީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. އެކަމަކު އަދިވެސް އޮފިޝަލުންނަށް ދޭންޖެހޭ އެލެވަންސް ދީ ނުނިމޭ ކަމުގެ ޝަކުވާ އޭރުވެސް އިތުރުވެފައި ވެއެވެ.

މެއި މަހުގެ ފަހު ހަފްތާގެ ތެރޭގައި ޓުވިޓާގައި މީހަކު ބުނެފައިވަނީ، ހޮވި ކައުންސިލުން ހުވާ ކުރާ ދުވަސް ޖެހުނު އިރު އޮފިޝަލުންނާއި އުޖޫރަ ދޭގޮތަށް އިލެކްޝަންސްއިން އިންތިހާބާއި ގުޅިގެން މަސައްކަތް ކުރުވި މީހުންނަށް އުޖޫރަ ނުލިބޭ ކަމަށެވެ. އަދި މިހާރު އިންތިހާބު ބޭއްވި ފަހުން ދެ މަސް ވަނީ ކަމަށާއި އެ އުޖޫރަ ދީ ނިންމަންވީ ނޫންތޯ ބުނެފައިވެ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން އޭރުގެ އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އޭރުވެސް 2،300 އޮފިޝަލުންނަށް އެލަވަންސް ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެ ހަފްތާ ނިމުމުގެ ކުރިން ބާކީ ތިބި އޮފިޝަލުންގެ އެލަވަންސް ޖަމާކުރަން ފޮނުވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިދިޔަ ކައުންސިލް އިންތިހާބުގައި 10،000 އޮފިޝަލުން ހަރަކާތްތެރިވި ކަމަށެވެ. އެހާ ގިނަ އޮފިޝަލުން ބޭނުންވީ ކޯވިޑް-19 އާއި ގުޅިގެން އެކުލަވަލާފައިވާ ގައިޑްލައިނާއ އެއްގޮތަށް އިންތިހާބު ބާއްވަން ޖެހުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް