ހުޅުމާލޭގެ ހުރިހާ ސަރަހައްދެއް ހިމެނޭގޮތަށް ސީސީޓީވީ ނެޓުވޯކެއް ޤާއިމްކުރުމަށް ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި އަމާން ރައްކާތެރި މުޖުތަމައުއެއް ބިނާ ކުރުމަކީ އެޗްޑީސީއިން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫއު ގެދަށުން މުޅި ހުޅުމާލެ ސިޓީގައި، މަގުތަކާއި ޕާކު ފަދަ އާންމުން ބޭނުންކުރާ ހުރިހާތަނެއް ހިމެނޭނެހެން ސީސީ.ޓީވީ ވިއުގައެއް ޤާއިމްކުރުމަށް ހަމަޖެހިފައި ވެއެވެ.
މި ވިއުގައިގާ ހިމެނޭ ހުރިހާ ކެމެރާއެއް ހުންނާނީ އެޗްޑީސީގެ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވަރކް (ޖީޕީއޯއެން) މެދުވެރިކޮށް ގުޅާލެވިފައިކަމަށް އެޗްޑީސީއިން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނެފައި ވަނީ، ކުރިމަގުގައި ޖްރޭޓަރ މާލޭގެ އެހެން ސަރަހައްދުތައްވެސް މި ވިއުގައިން ގުޅާލުމަށް ހަމަޖެހިފައިވާ ކަމަށާއި މިމަޝްރޫއު ފެށިގެންދާނީ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފުލެޓްތަކާއި ވަށައިގެންވާ އާންމު ސަރަހައްދުތަކުން ކަމަށެވެ.
އެއައްފަހު ހުޅުމާލެގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ ޕްލޭން އަށް ބިނާކޮށް ސީސީޓީވީ ވިއުގަވެސް ގާއިމްކުރެވެމުން ދާނެއެވެ. މިވީޑިއޯ ސަވެއިލަންސްގެ އެހީގައި ސިޓީގައި ހިނގާ ކަންކަމަށް އަދި ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ވެގެން ދާނެއެވެ.
9 ގައުމެއްގައި ހެދިފައިވާ ދިރާސާއިން ދައްކާގޮތުގައި ސީސީޓީވީ ހުރުމުން ފާހަގަކޮއްލެވޭ ވަރަށް ކުއްކުރާ މިންވަރު ދަށްވެގެން ދެއެވެ. އަދި ވީޑިއޯ ސަވައިލެންސް ހުންނަ ސަރަހައްދުތަކުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް 20 އިންސައްތަ މަދުކަންވެސް ފާހަގަކުރެވެއެވެ.
ސީސީޓީވީ ހުންނަ ތަންތަނަކީ ރައްކާތެރި ތަންތަން ކަމުގައި މީހުން ދެކި އާންމު ތަންތަން ފުރިހަމަ ގޮތުގައު ބޭނުންކުރާވަރު އިތުރުވެއެވެ.
އެޗް.ޑީ.ސީގެ ހާމަކުރައްވާފައިވާ ގޮތުގައި ފޭސް 1 ގެ ފޭޖީޕީއޯއެން މަޝްރޫއު ނިމުމުން ސީސީޓީވީ ވިއުގަ އެ ސަރަހައްދުގައިވެސް ގާއިމްކުރެވިގެންދާނެއެވެ. މިމަޝްރޫއުގައި ސީސީޓީވީ ގެ އިތުރުން ގާއިމް ކުރެވޭ އެހެން ސްމާޓް ވަސީލަތްތަކުގެ ސަބަބުން ފުލުހުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެ ހަރުދަނާވެގެން ދާނެއެވެ. އަދި ހިނގާ ހާދިސާތައް ދެނެގަތުން އަވަސްވެ މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވެގެންދާނެއެވެ.
ފަހުގެ ހޯދުންތަކަށް ބަލާލާއިރު ސްމާޓް ޓެކްނޮލޮޖީސް ބޭނުންކުރާ ތަންތަނުގަ ކުށްކުރާ މިންވަރު 40-30 އިންސައްތަ ދައްކަން ފާހަގަކުރެވެއެވެ. އަދި ކުއްލި ހާލަތްތަކުގައި ފިޔަވަޅުއެޅޭ ވަގުތު 35-20 އިންސައްތަ އަވަހެވެ. ވީޑިއޯ އެނަލައިސްކުރާ ޓެކްނޮލޮޖީގެ އެހީގައި ވީޑިއޯއިން ފެންނަ މަންޒަރުތަކުން މީހުނާއި ތަކެތި ވަކިކޮށް ދެނެގަނެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް