ކޯވިޑް-19ގެ ހާލަތުގައި އުނދަގޫ ދުވަސްތަކަކަށް ފަހު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިންމާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރިޕޯޓު ފޮތް ދޭނީ އޮންލައިންކޮށް ކަމަށެވެ. އެކަމަކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ދަރިވަރުންނަށް ފީޑްބެކް ދިނުމަށް ސްކޫލަށް ހާޒިރުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޯވިޑާއި ގުޅިގެން ނިމުނު ދިރާސީ އަހަރުގައި ގިނައިން ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ. ނުވަތަ ސްކޫލްތައް ހުރީ ބަންދުކޮށްފައި އެވެ. ކޯވިޑްގެ ސަބަބުން މިދިޔަ އަހަރުތިން މަސް ދުވަހު އެއްގޮތަަކަށްވެސް ސްކޫލްތަކުގައި ކިޔަވައި ދީފައެއް ނުވެ އެވެ.
އެހެންވެ ދިރާސީ އަހަރު ވަނީ މިއަހަރުގެ ޖޫންގެ ނިޔަލަށް ދަންމާލާފައި އެވެ.
މިބަދަލާއި އެކު މިއަހަރުން ފެށިގެން ދިރާސީ އަހަރު ފަށާ މަހަކީ ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. އަދި އޯލެވެލް އިމްތިހާނު އޮކްޓޯބަރު/ ނޮވެްބަރު މަހު ބޭއްވުމުގެ ބަދަލުގައި ދެން ބާއްވާނީ ކޮންމެ އަހަރެއްގެ މެއި/ ޖޫން ގައި އެވެ.
މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 7، 2022 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް