އެއްމާބަނޑު 10 ކުދިން ވިހޭކަމަށް ބުނެ ސައުތް އެފްރިކާ އަންހެން މީހާ އޮޅުވާލިކަން ފަޅާއަރައިފި

ސައުތް އެފްރިކާގެ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހައި ދުނިޔޭގެ ރެކޯޑު ހެދި ވާހަކައަކީ އެމީހާ އޮޅުވާލައިގެން ދެއްކި ވާހަކައެއްކަން ފަޅާ އަރައިފި އެވެ. ބީބީސީގައި ރިޕޯޓު ކުރި ގޮތުގައި ގޮސިއާމާ ތަމަރ...

24 Jun 2021 | 10:41

ސައުތް އެފްރިކާގެ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހައި ދުނިޔޭގެ ރެކޯޑު ހެދި ވާހަކައަކީ އެމީހާ އޮޅުވާލައިގެން ދެއްކި ވާހަކައެއްކަން ފަޅާ އަރައިފި އެވެ.

ބީބީސީގައި ރިޕޯޓު ކުރި ގޮތުގައި ގޮސިއާމާ ތަމަރާ ކިޔާ އެމީހާ ވިހެއީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި 10 ކުދިންގެ ތެރެއިން ފަސް ކުދިން ވިހާފައިވާއިރު އަނެއް ފަސް ކުދިން ނެގީ ސިޒޭރިއަން ހަދައިގެން ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެކަމަކު ބީބީސީން ރޭ ވަނީ އެ ރިޕޯޓު ދޮގުކޮށްފައި އެވެ. އެ ނޫހުން ބުނީ އެ ރިޕޯޓު ޖެހީ އެ އަންހެން މީހާ ވިހެއި ކަމަށް ބުނާ ސައުތް އެފްރިކާގެ ގައުޓެންގް ޕްރޮވިންސްގެ މޭޔަރާއި ހަވާލާދީ އޭނާ ޔަގީން ކޮށްދިނުމުން ކަމަށެވެ.

އެކަމަކު ފަހުން އެނގުނު ގޮތުގައި އެ އަންހެން މީހާ ބަލިވެ އިނދެފައެއްވެސް ނުވެ އެވެ. ބަލިވެ ނީންނަކަން ޔަގީން ކުރީ އެ ސަރަހައްދުގައި ދިރިއުޅޭ ހިލޭ ސާބަހައް މަސައްކަތް ކުރާ ޖަމިއްޔާއަކުން މިދިޔަ ހުކުރު ދުވަހު އޭނާ ގަދަކަމުން ގެންގޮސް ޓެސްޓު ކުރުމުންނެވެ.

އުމުރުން 37 އަހަރުގެ އަންހެން މީހާއަށް ލިބިފައިވަނީ ހަތް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ކަމަށް ކުރިން ބުންޏެވެ.

މި މައްސަލައިގަ އެ އަންހެން މީހާގެ ނަފްސާނީ މައްސަލަތައް ހުރިތޯ ބަލަން މިހާރު ވަނީ އެކަމަށް ހާއްސަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އެވެ. ބީބީސީން ބުނީ ކަން ހިނގާދިޔަ ގޮތް އެމީހުން ދިރާސާކޮށްފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ މި ވާހަކަ ފެތުރުނީ މިދިޔަ ޑިސެމްބަރު މަހު އަވަށުގެ ޗާޗަކަށް ގޮސް ގޮސިއާމާ ތަމަރާ އާއި އޭނާގެ ފިރިމީހާ ދެއްކި ވާހަކަ އަކުންނެވެ. އެ ދެމީހުން ވަނީ ގޮސިއާމާ ބަލިވެއިނދެގެން އުޅެނީ އެއް މާބަނޑު އަށް ކުދިންނަށް ކަމަށްބުނެފަ އެވެ.

އެމީހާ ބަނޑުބޮޑުކަމާއި ވިހޭކަން ފުރަތަމަ ހާމަ ކުރީ އެ ޕްރޮވިންސްގެ ލޯކަލް ނޫހަކުންނެވެ. އެނޫހާއި ހަވާލާދީ ބީބީސީގައި ބުނީ އެމީހާ 10 ކުދިން ވިހޭ ކަމާއި މެދު ޝައްކު އުފައްދަން ޖެހުނީ ވިހޭ ހޮސްޕިޓަލުގެ ނަން ބުނެދޭން ހަފްތާއެއް ފަހުންވެސް ފިރިހެން މީހާ ދެކޮޅު ހެދުމުންނެވެ.

ކުދިން ފެނިއްޖެތޯ ވިހޭ ދުވަހު ނޫސްވެރިޔާ ގުޅައި ސުވާލު ކުރުމުން އެ ފިރިހެން މީހާ ބުނެފައިވަނީ ކޮރޯނާ ވައިރަސް އާއި ހެދި އޭނާއަށްވެސް ހޮސްޕިޓަލަށް ނުވަދެވޭ ކަމަށެވެ. ކޮރޯނާ ވައިރަސް އާއި ގުޅުވުމުން ފުރަތަމަ ދުވަހު ޝައްކު ކުރަން ބޭނުން ނުވީ ކަމަށް އެ ނޫހުގައިވެއެވެ.

މިކަން ފަޅާ އެރުމުން ޕްރޮވިންސްގެ މޭޔަރު ވިދާޅުވީ އޭނާ އެ ހަބަރު ބައިނަލްއަގުވާމީ ނޫސްތަކަށް ކަށަވަރު ކޮށްދިނީ ހޮސްޕިޓަލާއި ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތު ނުހޯދައި، ހަމަ އެކަނި އާއިލާއިން ބުނި ވާހަކަ އަޑު އަހައިގެން ކަމަށެވެ.

އެއްމާބަނޑު 10 ކުދިން ވިހޭ ކަމަށް ބުނާ އަންހެން މީހާގެ ދެމަފިރިންނަށް ވަނީ މިލިއަނުން ދަރިން ބަލާނެ ފައިސާ އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ހަދިޔާ ކޮށްފައި އެވެ. ބެލެވޭ ގޮތުގައި އެއީ އެމީހުން ފައިސާ ހޯދަން ކުރި ކަމެކެވެ.

އެކަމަކު އެމީހުންނަކަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑެއް އަދި ނުލިބެ އެވެ. އެއީ އެ ޖަމިއްޔާއިން އެ ކުދިން ވިހޭ ދުވަހުވެސް ބުނެފައިވަނީ ރެކޯޑު ފޮތުން ޖާގަ ދިނުމުގެ ކުރިން ގިނަ ކަންތައްތަކެއް ބަލާނެ ކަމަށެވެ. ޔަގީން ކުރެވޭ ގޮތުގައި އެ ޓީމަށް 10 ކުދިން ނުފެންނަނީސް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑެއް ނުދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް