ނަޝީދުގެ ޒަހަމްތައް އަވަހަށް ލަކުނަށް ވުން: ހަސަން ހާމަކުރެއްވީ ނުރައްކާ ކުޑަ ނޫންކަން ފެންނަ ފޮޓޯއެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގެ ނުރައްކާތެރިކަން ކުދަ ނޫންކަން ހާމަކޮށްދޭން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހާމަކޮށްދެއްވައިފި އެވ...

24 Jun 2021 | 10:00

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގެ ނުރައްކާތެރިކަން ކުދަ ނޫންކަން ހާމަކޮށްދޭން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހާމަކޮށްދެއްވައިފި އެވެ.

ނަޝީދުގެ ބޭބޭފުޅު ޑރ. އަހުމަދު ނަޝީދު އިއްޔެ ވިދާޅުވީ ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމް ތަކުގެ ތެރެއިން މިހާރު ފަސޭހަ ނުވަނީ ފައި އެކަނި ކަމަށެވެ. އެއާއި އެކު އެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ އަނެއްކާވެސް ވާހަކަ ދައްކަން ފެށި އެވެ.

މި ވާހަކަތަކާއި ގުޅިގެން ހަސަން ކުރެއްވި ޓުވީޓެއްގައި ވަނީ ނަޝީދަށް ލިބިފައިވާ އަނިޔާތަކުގެ ފާރު ހިކި ފަސޭހަވެފައި ހުންނަ ފޮޓޯއެއް އާންމު ކުރައްވާފަ އެވެ. އެ ފޮޓޯގައި ނަޝީދުގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާވެފައި ހުރިކަން އެނގެ އެވެ.

ފޮޓޯ އާއި އެކު ހަސަން ވިދާޅުވެފައިވަނީ އަނިޔާވެރިންގެ ރޭވުން ނާކާމިޔާބުވުމާއި ނަޝިދުގެ ހިތްވަރުފުޅާއި އަޒުމް ބަލިނުވުމާއި ޒަހަމްތައް ލަކުނަށް ވުމަކީ ހަމަލާގެ ނުރައްކާތެރިކަން ކުޑަކަމުގެ ދެކެވޭނެ ސަބަބެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ދިވެހިންގެ އުންމީދުތައް ނަގައެއް ނުލައްވާނެ ކަމަށެވެ. އަދި މަސައްކަތައިގެން ކުރިޔަށް ވަޑައިގެންނަވާނެ ކަމަށެވެ.

https://twitter.com/HassanLatheef/status/1407975887245479936

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް