ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފަ ހުރި އަނިޔާތަށް ވަރަށް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމަނިފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ތެރެއިން ފައި ނޫން ހުރިހާ ތަނެއް ރަނގަޅުވެފައިވާ ކަމަށް ބޭބޭފުޅު ޑރ.. އަހުމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލިބިފައި ހުރި އަނިޔާތައް ކިތަންމެ ގިނަޔަސް މަ×ސައްކަތް ކުރަމުންދަނީ މާތް ﷲ ގެ ރަހުމަތް ފުޅާއި އެކު އެ އަނިޔާތަކުން އަރައިގަތުމަށް ކަމަށެވެ. އަދި ގަދަ އަޅައި މަސައްކަތް ކުރަމުން ދަނީ ހެޔޮ ހާލުގައި ރާއްޖެ ވަޑައިގެންނެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
https://twitter.com/MohamedNasheed/status/1407990782938673153
ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނުވިލާތަށް އިތުރު ފަރުވާއަށް ވަޑައިގެންނެވީ މިދިޔަ މަހުގެ13 ވަނަ ދުވަހު އެވެ. މިހާރު އެ ހޮސްޕިޓަލުގައި އެޑްމިކޮށްގެން ފަރުވާ ދިނުން ނިންމައި ގެއަށް ވަނީ ދޫކޮށްލާފަ އެވެ.
އޭގެ ފަހުން އެމަނިކުފާނު ފައިގެ އޮޕަރޭޝަނެއް ކުރެއްވި އެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ހައްަރު ކޮށްފައިވަނީ ހަތަރު މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް