ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ރިވެޓްމެންޓް ޖަހަން ފަށައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނި އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ރިވެޓްމެންޓް ޖެހުމުގެ މަސައ...

24 Jun 2021 | 08:42

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނި އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ހެނބަދޫގެ 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖަހާނެ އެވެ. 235 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ފަސް މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް