13 އަހަރު ކުއްޖާ އުފުލިކަމަށް ޝައްކު ކުރެވޭ ކާރެއް ބަލާ ފާސްކޮށްފި

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލަ އާއި ގުޅުން ހުރި ކާރެއް ބަލާ ފާސްކޮށްފި އެވެ. ފުލުހުން ވަނީ މީޑިއާގައި އެކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  13 އަހަރުގެ ކުއް...

24 Jun 2021 | 08:07

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލަ އާއި ގުޅުން ހުރި ކާރެއް ބަލާ ފާސްކޮށްފި އެވެ.

ފުލުހުން ވަނީ މީޑިއާގައި އެކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ތަހްގީގުގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.

މިއީ ތަހުގީގު ކުރިޔަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ދެއްވާފައެއް ނުވެ އެވެ.

މި މައްސަލައިގަ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައި އެވެ. އެއީ އުމުރުން17 އަހަރުގެ ކުއްޖަކާއި27 އަހަރުގެ އަހުމަދު ޒިހާން އެވެ.

އެކުއްޖާ މަރާލާފައި އޮއްވަ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ އިރުމަތީ ފަރާތު މޫދުގައި ފޮއްޓަކަށް ލާފައި އޮއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް