ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީހަށް ވަރަށް ގިނަ ހިދުމަތް ކުރައްވާފައިވާ ލިޔުންތެރިޔާ އަދި ޅެންވެރިޔާ މުހައްމަދު ނަސީރު (މާޅޮހު ނަސީރު) އަވަހާރަ ވެއްޖެ އެވެ.
އަވަހާރަވިއިރު ނަސީރުގެ އުމުރުފުޅަކީ 68 އަހަރެވެ.
ނަސީރު އަވަހާރަވީ ދާދި ފަހުން ކޮވިޑް-19 އަށް ފަރުވާ ހޯއްދެވި ފަހުން ކޮވިޑާ ގުޅިގެން ފުއްޕާމެއަށް ލިބުނު ގެއްލުންތަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދެއްވިތާ ހަފުތާއެއް ފަހުން ރޭ މެންދަމު 1:30 ހާއިރު އެވެ. އޭނާގެ ޖަނާޒާ މިއަދު ހެނދުނު 7:00 ޖެހިއިރު އާސަހަރާގައި ވަނީ ބާއްވާފަ އެވެ.
ނަސީރު ވަނީ ބ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި މާޅޮހު ކަތީބުކަން އަހަރު ތަކަކު ކުރައްވާފަ އެވެ.
ނަސީރު އަވަހާރަވިއިރު އަނބިކަނބަލުންނާއި ތިން އަންހެން ކުދިންނާއި ކާފަ ވިދާޅުވާ ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް