މިއަހަރު ތެރޭ ސްޓެލްކޯއިން ސްމާޓް މީޓަރު ގަންނަން އާންމުންނަށް ހުޅުވާލަނީ

މިއަހަރު ތެރޭ އާއްމުނަށް ސްޓެލްކޯގެ ސްމާޓް މީޓަރު ގަންނަށް ހުޅުވައިލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެެއެވެ. އޭނާ މިހެން ވިދާޅުވީ ސަންގުޓީވީގެ...

24 Jun 2021 | 06:39

މިއަހަރު ތެރޭ އާއްމުނަށް ސްޓެލްކޯގެ ސްމާޓް މީޓަރު ގަންނަށް ހުޅުވައިލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެެއެވެ.

އޭނާ މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މުޣުނީ ވިދާޅުވީ ސްމާޓް މީޓަރު ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ސްމާޓް މީޓަރު ހަރުކޮށްގެން ޓެސްޓިން މަރުހަލާ ކުރިއަށް ގެންގޮސް މައުލޫމާތު ބޭނުންވާ ގޮތަށް ޓްރާންސްމިޓް ކުރޭތޯ ބަލާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްމާޓް މީޓަރު ބެހެއްޓުމަށް މާލެ އާއި ހުޅުމާލޭގައި ވެސް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ނިމިފައިވާ ކަމަށާއި މިއަހަރު ތެރޭ އާއްމުންނަށް މީޓަރު ގަންނަން ހުޅުވައިލާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެއަށް ބޭނުންވާ 7،000 ސްމާޓް މީޓަރު މިހާރު ވެސް ލިބިފައި އެބަހުރި ކަމަށާއި އެ މީޓަރުތައް ހަރުކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްގެން ކުރަމުންދާ ކަމަށް މުޣުނީ ވިދާޅުވި އެވެ.

މީޓަތަކާ އެކު ބޭނުންކުރުމަށް ސްމާޓް އެޕްލިކޭޝަނެއް ތައްޔާރުރުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ. އޭރުން އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުގެ  ގޭގެ މީޓަރާ ގުޅޭ މައުލޫމާތުތައް ލިބުމާއި މީޓަރު ކޮންޓްރޯލް ކުރުން ފަދަ ހުރިހާ ކަމެއް ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް