އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހުޅުމާލޭގައި ތަމްރީންތަކެއް ކުރިޔަށް ގެންދަނީ

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހުޅުމާލޭގައި ތަމްރީން ތަކެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ. ޑިފެންސް މިނިސްޓްރީން ބުނީ މި ތަމްރީންތައް ކުރިޔަށް ގެންދާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެދުވ...

24 Jun 2021 | 05:41

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހުޅުމާލޭގައި ތަމްރީން ތަކެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި ތަމްރީންތައް ކުރިޔަށް ގެންދާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އެދުވަހު ތަމްރީންތައް ކުރިޔަށް ގެންދާނީ މެންދުރު 1:00 ން ހަވީރު 4:00 އަށެވެ.

އެ މިނިސްޓްރީން ބުނީ ތަމްރީންތައްއ ކުރިޔަށް ދާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައި އެވެ.

އެހެންވެ އާންމުންގެ ސަމާލުކަމަށް އަންގާ ކަމަށެވެ.

މީގެ ކުރިން އެމްއެންޑީއެފުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކަށް އަމާޒުކޮށްގެންވެސް ޓްރެއިނިން ކުރިޔަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް