އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ކޮމިޝަނަރުގެ ގޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި އެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައިގަ ދައުވާ އުފުލާފައި ވަނިކޮށް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބޭސްފަރުވާއަށް ދެ މަހަކަށް ކަމަށް ވިދާޅު ވެ އެވެ. އެ މުއްދަތު ހަމަވުމުން ރާއްޖެ ވަޑައި ނުގެން އޭނާ އެދިވަޑައިގެންނެވުމުން އެގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުންނަވައިގެން އޮންލައިންކޮށް ވަނީ ޝަރީއަތްތައް ފަށާފައި އެވެ.
ރާއްޖޭގެ ހައި ކޮމިޝަނުން އެފަދަ އިންތިޒާމެއް ފޮރިން މިނިސްޓްރީ މެދުވެރި ވެގެން ހަމަޖައްސައި ދީފައިވާތީ އެކި ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެގޮތުން އަލީ ވަހީދު ދިރިއުޅުއްވަނީ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ ގޭގައި ކަމަށް ބުނެ ވާހަކަ ދަނީ ދެކެވެމުންނެވެ.
އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަޙްނާޒް ފައިޞަލް ވިދާޅުވީ އަލީވަހީދު ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގޭގައި އުޅުއްވާކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން ފަތުރާފައިވަނީ ކަނޑައެޅިގެން ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެފަދައިން ޚަބަރު ފަތުރާފައި ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރާއި އެމްބަސީގެ އަގުވައްޓާލައި ބަދުނާމުކުރުމަށްކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
https://twitter.com/DrFarahFaizal/status/1407726910646407170
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް