ފޭސްބުކްގެ ހަހަ ރިއެކްޓް ބޭނުން ކުރެވެނީ ގިނަ ފަހަރަށް މީހަކަށް، ނުވަތަ މީހެއްގެ ޕޯސްޓަކަށް މަލާމާތް ކުރަން ކަމުގައިވާއިރު އެ ހާލަތުގައި ހަހަ ރިއެކްޓަކީ ހަރާމް ރިއެކްޓެއް ކަމުގައި ބަންގްލަދޭޝްގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ އަހްމަދުﷲ، ފަތުވާ ދެއްވައިފިއެވެ.
ހަމައެކަނި އަހްމަދުﷲ، މި ނަމުން މަޝްހޫރު، މި ދީނީ އިލްމުވެރިޔަކީ ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ދީނީ އިލްމުވެރިއެކެވެ. އެކަން ފާހަަގަކޮށްލެވެނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފޮލޯ ކުރާ މީހުންގެ އަދަދުތަކުންނެވެެ.
އެގޮތުން އަހްމަދުﷲގެ ފޭސްބުކް ޕޭޖުގައި އެކަނިވެސް 2.2 މިލިޔަން ފޮލޯވާސް އެބަ ތިއްބެވެ. ޔޫޓިއުބް ޗެނަލުގައި 1.1 މިލިޔަން ފޮލޯވަރުން އެބަތިއްބެވެ.
ވަކި ހާލަތެއްގައި ހަހަ ރިއެކްޓް ހަރާމްވާނެ ކަމުގައި އަހްމަދުﷲ ފަތުވާ ދެއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ފޭސްބުކް ޕޭޖުގައި އާއްމުކުރި ވީޑިއޯއެއްގައެވެ.
މި ވީޑިއޯ މިލިޔަނަކާ ގާތްކުރާ އަދަދަކަށް މީހުން ބަލާފައިވާއިރު އަހްމަދުﷲ ފާހަގަކުރައްވާފައިވާގޮތުގައި މިހާރަކަށް އައިސް ގިނަ ފަހަރަށް، ފޭސްބުކްގެ ހަހަ ރިއެކްޓް ބޭނުންކުރަނީ މީހުންނަށް މަލާމާތް ކުރުމުގެ ގޮތުން ކަމަށެވެ. އަނެކާ ދެރަކޮށްލުމުގެ ގޮތުން ކަމަށެވެ. އެ ނިޔަތުގައި ބޭނުންކުރެވޭނަމަ އެ ރިއެކްޓަކީ ޝައްކެއް ނެތްގޮތުގައި ހަރާމް ރިއެކްޓެއް ކަން ފާހަގަކުރައްވާފައިވެއެވެެ.
ފޭސްބުކުން ރިއެކްޝަންސް ލޯންޗުކުރީ 2016 ވަނަ އަހަރުގައެވެ. މި ރިއެކްޝަން ސެޓުގައި ހިމެނެނީ ލައިކު، ލަވް، ހަހަ، ވާއު، ސޭޑް އަދި އެންގްރީ ރިއެކްޓް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް