ބައެއް ކުދިން ޅައުމުރުގައި ސްކޫލަށް ފޮނުވުން ރަނގަޅެއް ނޫން!

ޅައުމުރުގައި ކުދިން ޕްރީސްކޫލް މަރުހަލާ ފެށުމުން ކުޑަކުދިންނަށް ނޭދެވޭ އެތައް އަސަރެއް ކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓި އޮފް އެކްސީޓާ މެޑިކަލް ސްކޫލުން ކުރި ދިރާސ...

24 Jun 2017 | 04:00

ޅައުމުރުގައި ކުދިން ޕްރީސްކޫލް މަރުހަލާ ފެށުމުން ކުޑަކުދިންނަށް ނޭދެވޭ އެތައް އަސަރެއް ކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓި އޮފް އެކްސީޓާ މެޑިކަލް ސްކޫލުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ޕްރީސްކޫލް އުމުރުފުރާ ނުވަތަ ކުދިންނަށް ސްކޫލުން ތައުލީމް ދޭން ފަށަންވީ ހަތަރު ފަސް އަހަރުން މަތީ ކުދިންނަށް ކަމަށެވެ. އެހެން ނޫންނަމަ ކުދިންގެ އުޅުމާއި އަދަބު އަހުލާގަށް ނޭދެވޭ އަސަރު ކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އެކަމަކު މި އަސަރުތައް ފެންނަނީ ބައެއް ކުދިންގެ ކިބައިންނެވެ.

މިފަދަ އަސަރުތައް ކުރަނީ ދުވަސް ނުފުރާ ވިހާފައިތިބޭ ކުދިންނާއި ވާހަކަ ދެއްކުމުގައި ލަސް ނުވަތަ އުނދަގޫ ކުދިންނަށެވެ.

މި ދިރާސާގައި އިނގިރޭސިވިލާތުގެ 80 ޕްރައިމަރީ ސްކޫލެއްގައި ކިޔަވާ 2،000 ށް ވުރެ ގިނަ ކުދިން ބައިވެރިކޮށްފައިވެ އެވެ. ދިރާސާގެ ނަތީޖާގައި ބުނެފައިވަނީ މިފަދަ ކުދިން ޅައުމުރުގައި ސްކޫލަށް ވެއްދުމުން ސިކުނޑީގެ ތަފާތު މައްސަލަތައް ޖެހޭ ކަމެވެ. އެއް ކްލާހެއްގައި އުޅެންޖެހުނަސް ދުވަސް ނުފުރާ ވިހާފައި ހުންނަ ކުއްޖާގެ ސިކުނޑި އެހެން ކުދިންނާއި އެއް ވަރަށް މަސައްކަތް ނުކުރުމުގެ ސަބަބުން އެކުގައި އުޅޭ ކުދިންގެ އުޅުމާއި އަހުލާގު ހުންނަ ގޮތަކުން ކުއްޖާއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާކަން ފާހަގަކޮށްފައިވެ އެވެ.

ކަންކަމުގައި ނުބައި ވިސްނުން އިސްކޮށް، ބިރުގަތުމާއި ހާސްވުން ސްކޫލަށް ފޮނުވުމުން މިފަދަ ކުދިންގެ ގައިގަ އަށަގަންނަ ކަމަށްވެ އެވެ. މިކަންކަމަކީ ކުދި ކުދި ކަންކަމަށް ވިޔަސް ޕްރީސްކޫލް އުމުރުފުރާގެ ކުދިންގެ ބެލެނިވެރިންނާއި ޓީޗަރުން ވެސް މިކަމަށް އެއްބަސްވެ އެވެ..

މި ދިރާސާގައި ބައިވެރިވި ޕްރައިމަރީ ގްރޭޑްތަކުގެ ބައެއް ބެލެނިވެރިންގެ ތެރެއިން ވާހަކަދެއްކުން ލަސްވެގެން ޕްރީސްކޫލް ކިޔަވައި ނުދީ ގްރޭޑް އެކަކުން ފެށިގެން ކުދިން ސްކޫލަށް ވެއްދި ބެލެނިވެރިން ބުނެފައިވަނީ އެމީހުންގެ ދަރިންނަށް ގޭގައި ދެވިފައި ހުރި ތައުލީމުގެ ސަބަބުން ސްކޫލަށް ފޮނުވަން ފެށުމުން ކިޔެވުމާއި ވެގެން ކިޔަވާ ހިތުން ކިޔަވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެކަމަކު މި ދިރާސާގައި ބުނެފައިވަނީ އާންމުކޮށް ހެދިބޮޑުވުމުގައި މައްސަލަ ނޫޅޭ  ކުދިންނަށް އަވަހަށް ސްކޫލަށް ފޮނުވަން ފެށުމުން ސްކޫލްގައި ހޭދަކުރާ ވަގުތުތަކުގައި ހިންހަމަ ޖެހުން ލިބޭ ކަމަށާއި ކުދިންނާއި ގުޅިގެން މަސައްކަތް ކުރަން ދަސްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް