މާތްވެގެންވާ ހަރަމް ފުޅަށް ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ހުއްޓުވައިފި

ސައުދީ އަރަބިއްޔާގައި ހުންނަ މުސްލިމުންގެ މާތްވެގެންވާ ކައުބަތުﷲ ގެފުޅުނު ހިމެނޭ ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހުއްޓުވައިފި އެވެ. މިހަމާދޭން ރާވާފައިވަ...

23 Jun 2017 | 22:10

ސައުދީ އަރަބިއްޔާގައި ހުންނަ މުސްލިމުންގެ މާތްވެގެންވާ ކައުބަތުﷲ ގެފުޅުނު ހިމެނޭ ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހުއްޓުވައިފި އެވެ.

މިހަމާދޭން ރާވާފައިވަނީ ޓެރަރިސްޓު ތިން ޖަމާއަތެއް ގުޅިގެންނެވެ. އޭގެ ތެރެއިން ދެ ގުރޫޕް އަކީ މައްކާގައި ގާއިމްވެފައިވާ ގުރޫޕުތަކެއް ކަމަށާއި، އަނެއް ގުރޫޕު ހަރަކާތްތެރިވެފައިވަނީ ޖިއްދާގައި ކަމަށް ސައުދީގެ ސަލާމަތީ ބާރުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

ސައުދީ އަރަބިއާގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު މަންސުރު އައްތުރުކީއާ ވަހާލާދީ،  ވިދާޅުވެފައިވަނީ މި ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނޭކަމަށް ވިދާޅުވި އެވެ.

ސައުދީގެ ސަލާމަތީ ބާރުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ހަމަލާދޭން ރާވާފައި އޮތީ މިރޭގެ ތަރާވީހު ނަމާދާއި ދިމާކޮށެވެ. ފުރަތަމަ ހަމަލާ ނާކާމިޔާބު ކޮށްލީ މައްކާގެ އައްސީލާ އަވަށުގައެވެ. އަދި ދެވަނަ ހަމަލާ ހުއްޓުވާފައި ވަނީ، އަޖްޔަދް އަލް މަސާފީ ނެއިބަހުޑުންނެވެ.

މީގެ ތެރެއިން އަޖްޔަދް އަލް މަސާފީ ނެއިބަހުޑުގައި ހުރި ގެއެއްގެ ތެރޭގައި ގައިގަ ބޮން ހަރުކޮށްގެން ފިލާ ހުރި މީހަކު ސަލާމަތީ ބާރުތަކުން ހޯދުމަށްފަހު އަމާންދޭން އެންގުމުން ދެކޮޅު ހަދައި އެމީހާ ވަނީ އަމިއްލައަށް ބޮން ގޮއްވާލައިގެން މަރުވެފައި އެވެ. މިހާދިސާގައި އާންމުންގެ ހަ މީހަކަށާއި ސައުދީ ސިފައިންގެ ފަސް މީހަކަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ.

މި ހާދިސާ އާއި ގުޅީގެން ސައުދީގެ ސަލާމަތީ ބާރުތަކުން ވަނީ މައްކާގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް