ރައީސް ނަޝިދާއި ރާއްޖޭގެ ސިޔާސީ ހައްޔަރުކުރުމަށް އިނިގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ގޮވާލުމުން، ކެމަރަންގެ ޓްވީޓަށް ރައްދުދޭ އިނގިރޭސިވިލާތުގެ ބައެއް ރައްޔިތުން ރަތަށް އަރައިފި އެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ކެމަރަން ކޮށްފައިޥާ ޓްވީޓަށް މިހާތަނަށް 18 ފަރާތަކުން ރިޕްލައިކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ ބަޔަކު ބުނެފައިވަނީ ފުރަތަމަ ހައްލުކުރަންވީ ގައުމުގެ މައްސަލަ ކަމަށާއި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ގައިދީން މިނިވަންކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
https://twitter.com/Number10gov/status/613759322863050752
އަދި އެހެނިހެން ގައުމުތަކުގެ ގައިދީން މިނިވަންކުރުމަށް ގޮވައިލުމަށްވުރެ ކެމަރަންގެ ކިބައިން އިނގިރޭސިވިލާތް މިނިވަންކުރުން މުހިންމު ކަމަށްވެސް ބައެއް ފަރާތްތަކުން ދީފައިވާ ރައްދުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް