ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ނަޝީދާއި އެހެނިހެން މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ގައިދީން މިނިވަން ކުރުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ގޮވާލައްވައިފި އެވެ.
ކެމަރަން މިކަމަށް ގޮވާލެއްވީ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީއާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ކެމަރަން ވިދާޅުވީ ރައީސް ނަޝީދުގެ އަނބިކަނބަލުންނާ ބައްދަލުވީތީ އުފާކުރާކަމަށާއި އެ ބައްދަލުވުމަށްފަހު ކޮންމެވެސް ސިޔާސީ އެއްޗެއް ބުނަން ޖެހޭކަމަށް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
https://twitter.com/Number10gov/status/613759322863050752
މައުލޫމާތު ލިބިފައިވާ ގޮތުގައި ލައިލާ އާއިޑޭވިޑް ކެމަރޮން ބައްދަލުކުރައްވާފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގީ ގާނޫނާ ހިލާފަށް ކަމަށާއި އެއީ ސިޔާސީ ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް އދ. ގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅުއްވާފައިވާ މައްސަލާގައި މަޝްވަރާކުރެއްވުމަށެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އަމާލް ކްލޫނީ ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް