އިސްލާހު ފާސްވުމާއެކު އަދީބުގެ ޝުކުރު ރައީސް ޔާމީނާއި، ޕާޓީތަކަށް

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރަށް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރު...

24 Jun 2015 | 08:56

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރަށް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ރައީސް ޔާމީނަށާއި، ވޯޓުދިން ޕާޓީތަކަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ޔާމީނަށާއި ޕީޕީއެމް، އެމްޑީއޭ، އެމްޑީޕީ އަދި ޖޭޕީއަށް އަދީބު ޝުކުރު އަދާކުރެއްވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/Ahmed_Adeeb/status/613628316667383808

ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އިސްލާހު ފާސްވެފައިމިވަނީ އިދިކޮޅު އެމްޑީޕީ އާއ ޖޭޕީން މި އިސްލާހަށް ތާއީދު ކުރަން ނިންމާ ވޯޓު ދިނުމުންނެވެ.

ގާނޫނުއަސާސީއަށް ހުށަހަޅާ އިސްލާހެއް ފާސްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ 64 ވޯޓެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 85 މެމްބަރުން ކަމަށްވާއިރު، ގާނޫނުއަސާސީ އިސްލާހު ކުރުމަށް 64 ވޯޓު ބޭނުންވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ސަރުކާރުގެ މެމްބަރުންގެ ވާހަކަތަކަށް ބަލާއިރު، އެ ބޭފުޅުން ބޭނުން ވަނީ ނައިބު ރައީސް މުހައްމަދު ޖަމީލް މަގާމުން ވަކިކުރައްވައި، އެ މަގާމަށް ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެންނެވުމަށެވެ.

އަދީބުގެ މިހާރުގެ އުމުރަކީ 34 އަހަރު ކަމަށްވާއިރު، އިސްލާހު ފާސްވެއްޖެ ނަމަ ނައިބު ރައީސް ކަމުގެ ޝަރުތު އަދީބުގެ ހަމަވާނެ އެވެ. އަދި ނައިބް ރައީސް ޑރ ޖަމީލް މަގާމުން ވަކި ކުރާނީ އިތުބާރުނެތްކަމުގެ ވޯޓެއް މަޖިލީހުގައި ނަގައިގެންކަން ދޭހަވާފަދަ ގޮތަކަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް