ކެލާ އާއި ކެންދޫ ބަދަރު މަރާމާތު ކުރަން ބަޔަކާއި ހަވާލުކޮށްފި

ހއ. ކެލާ އާއި ބ. ކެންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ. ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތ...

24 Jun 2015 | 08:53

ހއ. ކެލާ އާއި ބ. ކެންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ކެޕިޓަލް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ރާޖް މަނިވަނަން އެވެ.

ދިގުމިނުގައި 700 ފޫޓު އަދި ފުޅާމިނުގައި 250 ފޫޓު ހުންނަ ކެލާ ބަނދަރުގެ މަސައްކަތް 240 ދުވަސްތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ 24.3 މިލިއަން ރުފިޔާ އަށެވެ.

ދިގުމިނުގައި 540 ފޫޓު އަދި ފުޅާމިނުގައި 180 ފޫޓު ހުންނަ ކެންދޫ ބަނދަރުގެ މަސައްކަތް 240 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައި ވަނީ 29.2 މިލިއަން ރުފިޔާ އަށެވެ.

އެ ދެ ރަށުގެ ބަނދަރުގައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ކޮންކްރީޓް ބްލޮކުން އެއްގަމުތޮށި ހެދުމާއި ކަނޑު ތޮށީގައި ބޮޑުހިލަޖެހުން ހިމެނެ އެވެ. އަދި ބަނދަރުކޮނެ ފުންކުރުމާއި ބަނދަރުގައި ލައިޓް ޖަހައި އަލިކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް