ވަށްކަމުގެ ދެ މައްސަލައަކާއި ގުޅުން ހުރިކަމަށް ތުހުމަތުކުރެވޭ ތިން ބުރުމާ އާއި ދެ ފޯން ހޯދައި ތިން މީހަކު ކާށިދޫން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 25 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރެހެނެއް ކަމަށެވެ.
ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ދެ ބުރުމާ ފެނިފައިވަނީ 2015 ޖޫން 21 ވަނަދުވަހުގެ ރޭ 00:10 ހާއިރު ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 35 އަހަރުގެ މީހާ ދެ ބުރުމާ ވިއްކަން ނިކުމެގެން އުޅެނިކޮށް ކާށިދޫ ވަނޑާންގެ ތެރޭގައި ހުއްޓައި އޭނަގެ އަތުން ކަމަށާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ އެއް ބުރުމާ ފެނިފައިވަނީ 35 އަހަރުގެ މީހާ މީހަކުއަތަށް ފޮރުވަން ދީފައިވަނިކޮށް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށްބުނީ ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ދެ މޯބައިލް ފޯން ފެނިފައިވަނީ 2015 ޖޫން 21 ވަނަދުވަހުގެ ރޭ 23:15 ހާއިރު ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 25 އަހަރުގެ މީހާ ކާށިދޫ ގެއެއްގެ ފާރު ކައިރީ ދެ ފޯން ވަޅުލާފައިވަނިކޮށެވެ.
އަދި މި މައްސާއިގައި ހައްޔަރުކުރެވިފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިއްމުމަށް ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީގް ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއްދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް