މަތީތައުލީމަށް ކިޔެވުމަށް 208 ފަރާތަކަށް ލޯން ދީފި

މަތީ ތައުލީމް ހާސިލް ކުރާން ބޭނުންވާ ދަރިވަރުންނަށް މިދިޔަ އެޕްރިލް މަހު ހުޅޫވާލި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ލޯން ލިބުނު ކުދިންނަށް ލިޔުން ހަވާލުކޮށްފި އެވެ. ކުއްލިޔާގައި ރޭ ބޭއްވި ރަސްމިއްޔާތެއް...

24 Jun 2015 | 06:58

މަތީ ތައުލީމް ހާސިލް ކުރާން ބޭނުންވާ ދަރިވަރުންނަށް މިދިޔަ އެޕްރިލް މަހު ހުޅޫވާލި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ލޯން ލިބުނު ކުދިންނަށް ލިޔުން ހަވާލުކޮށްފި އެވެ.

ކުއްލިޔާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ލޯން ސްކީމްގެ ދަށުން ލޯން ލިބުނު 208 ދަރިވަރަކަށް ވަނީ ލިޔުން ދީފަ އެވެ.

އެއީ އެމްބީބީއެސް ހެދުމަށް 20 ދަރިވަރަކަށާއި ރާއްޖޭގައި މާސްޓާސް ހެދުމަށް 25 ދަރިވަރުންގެ އިތުރުން ރާއްޖޭން ބޭރުގައި މާސްޓާސް ހެދުމަށް 13 ކުދިންނަށެވެ. ބާކީ ތިބި ދަރިވަރުންނަކީ ޑިޕްލޮމާގެ އެކި ކޯސްތައް ހެދުމަށް ލޯނު ސްކީމުގައި ބައިވެރިވެގެން އެ ލޯނު ލިބުނު ދަރިވަރުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އެ ލޯނު ސްކީމުގެ ދަށުން ގިނަ ދިވެހިން އެކި ދާއިރާތަކުން ތަމްރީނު ވެގެން އަންނައިރު ވަޒީފާގެ މާހައުލަށް ތަމްރީނުވެފައިވާ ގިނަ ދިވެހިންތަކެއް ލިބިގެން ދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް 576 ދަރިވަރުން މަތީ ތައުލީމަށް ކިޔަވަމުން ގެންދާކަމަށާއި ކައިރި މުސްތަގްބަލެއްގައި މީގެ އިތުރު ފުރުސަތެއް އަނެއްކާވެސް ހުޅުވިގެންދާނެ ކަމަށެވެ.

އޭޕްރީލްމަހު ހުޅުވައިލި މި ލޯން ސްކީމުގެ ދަށުން ޖުމްލަ 375 ލޯން ފުރުސަތު ހުޅުވާލެވުނެވެ. މި ފުރުސަތުތަކަށް އެދި 358 ފަރާތަކުން ފޯމް ހުށައަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް