އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދީފި

މިއަދުގެ ވަގުތެއްގައި ފަލަސްތީނުން އިޒްރޭލުގެ އުތުރު ސަރަހައްދަކަށް ރޮކެޓް ހަމަލާއެއް ދިން ކަމަށްބުނެ އިޒްރޭލުން ފަލަސްތީނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފި އެވެ. މި ހަމަލާ ދިންކަން އިޒްރޭލު ސިފައި...

24 Jun 2015 | 06:00

މިއަދުގެ ވަގުތެއްގައި ފަލަސްތީނުން އިޒްރޭލުގެ އުތުރު ސަރަހައްދަކަށް ރޮކެޓް ހަމަލާއެއް ދިން ކަމަށްބުނެ އިޒްރޭލުން ފަލަސްތީނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާ ދިންކަން އިޒްރޭލު ސިފައިން ކަށަވަރުކޮށްދީފައިވީނަމަވެސް މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަދި ސާފެއް ނުވެ އެވެ. މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނަށް އަމާޒުކޮށް ދިން މިފަދަ ފަސްވަނަ ހަމަލާ އެވެ.

މި ފަހަކަށް އައިސް އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަލާ ބަދަލުކުރުން ވަނީ އިތުރު ވެފަ އެވެ. މިދިއަ އަހަރު ޖުލައި އަދި އޯގަސްޓް މަހުގައި އިޒްރޭލުން މެދުކެނޑުމެއްނެތި 50 ދުވަސް ވަންދެން ވަރުގަދަ ހަމަލާތަކެއް ދިނެވެ.

50 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ އެންމެ 73 މީހުންނެވެ. ހަމަލާތަކުގެ ގާޒާއަށް ލިބުނު ގެއްލުމުގައި 160000 ގެ ހަލާކުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް