ގްރޭޓް ގްރޭންޑް މަސްތީގައި 2009ގެ މިސް އިންޑިއާ ޕޫޖާ ޗޯޕްރާ

އިނދެގެން އުޅޭ އަނބިމީހާއާއެކު އެކަނި ދިރިއުޅުން އުޅެން ބޭނުންނުވެ މައިތިރި ނުވެގެން އުޅޭ ތިން ފިރިހެނުންގެ ވާހަކަ ގެނެސްދޭ މަސްތީގެ ތިންވަނަ ސީކުއެލް ގްރޭޓް ގްރޭންޑް މަސްތީގައި 2009 ވަނަ އަހަރުގެ މިސ...

24 Jun 2015 | 05:49

އިނދެގެން އުޅޭ އަނބިމީހާއާއެކު އެކަނި ދިރިއުޅުން އުޅެން ބޭނުންނުވެ މައިތިރި ނުވެގެން އުޅޭ ތިން ފިރިހެނުންގެ ވާހަކަ ގެނެސްދޭ މަސްތީގެ ތިންވަނަ ސީކުއެލް ގްރޭޓް ގްރޭންޑް މަސްތީގައި 2009 ވަނަ އަހަރުގެ މިސް އިންޑިއާ ޕޫޖާ ޗޯޕްރާ ހަރަކާތްތެރިވާނެ ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފި އެވެ.

މަސްތީގެ ކުރީގެ ދެ ސީކުއެލްގައިވެސް ދައްކުވައިދެނީ ވިވޭކ އޮބެރޯއީ އާއި ރިތޭޝް ދޭޝްމުކް އަދި އަފްތާބް ޝިވްދަސާނީ އެމީހުންގެ އަންހެނުންނަށް ވަގަށް އެހެން އަންހެންކުދިން ސެޓް ކުރުމަށް އަވަދިނެތި އުޅޭތަނެވެ. އަދި އެކަން އެންމެ ފަހު ވަގުތު ފަނުފުލުންދާ މަންޒަރެވެ.

މަސްތީގެ އެންމެ ފަހުގެ ސީކުއެލް ގްރޭންޑް މަސްތީގައި ފެނިގެންދިޔަ ތިން އަންހެން ތަރިންގެ ތެރެއިން އެއްވެސް ތަރިއަކު ގްރޭޓް ގްރޭންޑް މަސްތީން ނުފެންނާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް