ދަނޑުވެރިއެއްގެ ހަޔާތުގެ މައްޗަށްހަދާ ބަޔޯޕިކް ގައި އައިޝްވާރްޔާ އާއެކު ރަންދީޕް ހޫޑާ

1990 ގައި މަސްތުހާލުގައި އިންޑިއާއިން ޕާކިސްތާނަށް ދެވުނު އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ސަބްރަޖީތުގެ ހަޔާތުގެ މައްޗަށް ހަދާ ބަޔޯ ޕިކްގައި އައިޝްވާރްޔާއާއެކު އެ ފިލްމުގައި ރަންދީޕް ހޫޑާ ފެނިގެން ދާ...

24 Jun 2015 | 05:48

1990 ގައި މަސްތުހާލުގައި އިންޑިއާއިން ޕާކިސްތާނަށް ދެވުނު އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ސަބްރަޖީތުގެ ހަޔާތުގެ މައްޗަށް ހަދާ ބަޔޯ ޕިކްގައި އައިޝްވާރްޔާއާއެކު އެ ފިލްމުގައި ރަންދީޕް ހޫޑާ ފެނިގެން ދާނެ ކަމަށް ބޮލީވުޑް ހަބަރު ފަތުރާ ފަރާތްތަކުން ބުނެފި އެވެ.

ޕްރިޔަންކާ ޗޯޕްރާ ކުޅުނު ކާމިޔާބު ފިލްމެއް ކަމަށްވާ އޮމަންގް ކުމާރު ޑައިރެކްޓް ކުރާ ސަބްރަޖީތުގައި ރަންދީޕު ހޫޑާ ކުޅޭނެ ކަމަށްވަނީ ސަބްރަޖީތުގެ ރޯލެވެ އަދި އައިޝްވާރްޔާ ކުޅެނީ ސަބްރަޖީތުގެ ކޮއްކޮއެއްގެ ރޯލެވެ.

ފިލްމުން ދައްކުވައިދޭނީ ސަބްރަޖީތް ސަލާމަތް ކުރަން ސަބްރަޖީތުގެ ކޮއްކޮ (އައިޝްވާރްޔާ) ކުރާ މަސައްކަތާއި ސަބްރަޖީތަކީ ޖާސޫސީއެއް ކަމަށް ނިންމާ ޕާކިސްތާނުން ސަބްރަޖީތަށް ދޭ އަނިޔާއާއި ސަބްރަޖީތުގެ ހަޔާތުގައި ދިމާވާ ކަންކަން ކަމަށް ފިލްމު ޑައިރެކްޝަން ޓީމުން ބުނެ އެވެ.

އެ ފިލްމުގައި އައިޝްވާރްޔާއާއި ރަންދީޕްގެ އިތުރުން އިރްފާން ހާންވެސް ހިމެނޭ ކަމަށް ޑިރެކްޝަން ޓީމުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް