ޖެކީޗަން އާއި ކެޓްރީނާ އެކުގައި ފިލްމެއް ކުޅެނީ!

އެކްޝަން ބަތަލެއް ކަމަށްވާ މަޝްހޫރު ޖެކީޗަންއާއެކު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް، ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑް ހަބަރުފަތުރާ މަސްދަރުތަކުން ބުނެފި އެވެ. "ކުންފޫ ޔޯ...

24 Jun 2015 | 05:47

އެކްޝަން ބަތަލެއް ކަމަށްވާ މަޝްހޫރު ޖެކީޗަންއާއެކު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް، ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑް ހަބަރުފަތުރާ މަސްދަރުތަކުން ބުނެފި އެވެ.

"ކުންފޫ ޔޯގާ" ނަމަކަށްކިޔާ މިފިލްމުގެ މަންޒަރުތައް ނެގުމަށް ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު ކެޓްގެ މީޑިއާ ޓީމުން މިކަން ދޮގު ކުރެ އެވެ. ކެޓްގެ މީޑިއާޓީމުން ބުނެފައިވަނީ އެ ފުރުސަތު ކެޓްއަށް ލިބިފައިވީނަމަވެސް ފިލްމު ކުޅެން ކެޓް އަދި އެއްބަސް ނުވާ ކަމަށެވެ.

މީގެ ކުރިން އަޑު ފެތުރިގެން ދިޔައީ ޖެކީޗަންއާއެކު އެ ފިލްމުގައި އާމިރު ޚާންވެސް ފެނިގެން ދާނެ ކަމަށެވެ. ނަމަވެސް އާމިރު ވަނީ އެކަން ދޮގުކޮށްފަ އެވެ. އާމިރު ބުނީ ފިލްމު "ދަންގާލް" ގެ މަސައްކަތް ކުރިއަށްދާއިރު އެހެން ކަމަކަށް ވަގުތު ދެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް