"2014 އިން ފެށިގެން މިހާތަނަށް އިރާގުގެ ތިން މިލިޔަނަށްވުރެ ގިނަ މީހުން ގައުމު ދޫކޮށް ގޮސްފައިވޭ"

ހަނގުރާމައާއި ހަމަނުޖެހުންތަކާއި ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިރާގުގެ ތިން މިލިޔަނަށްވުރެ ގިނަ މީހުން އެގައުމު ދޫކޮށް ގޮސްފައިވާކަމަށް ހިޖުރަކުރުމާބެހޭ ބައިނަލް އަގްވާމީ ޖަމިއްޔާ (...

24 Jun 2015 | 05:45

ހަނގުރާމައާއި ހަމަނުޖެހުންތަކާއި ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިރާގުގެ ތިން މިލިޔަނަށްވުރެ ގިނަ މީހުން އެގައުމު ދޫކޮށް ގޮސްފައިވާކަމަށް ހިޖުރަކުރުމާބެހޭ ބައިނަލް އަގްވާމީ ޖަމިއްޔާ (އައިއޯއެމް) އިން ބުނެފި އެވެ.

އައިއެމްއޯއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ބުނާގޮތުން 3087372 އެ ގައުމު ދޫކޮށް ގޮސްފައިވާއިރު ދޮޅު މިލިޔަނަށްވުރެ ގިނަ މީހުން ހިޖުރަކުރި ގައުމު އެނގޭއިރު ދޮޅު މިލިޔަން މީހުން ދިޔަ ނުދިޔަ ގައުމެއް ނޭންގެ އެވެ.

ގައުމު ދޫކޮށް ދިޔަމީހުންގެ ތެރެއިން 2.6 މިލިއަން މީހުންނަނީ އަންވާރު، ނިވޭނާ އަދި ސަލާހެއްދީން ޕްރޮވިންސަށް ނިސްބަތްވާ މީހުންކަމަށް އައިއޯއެމްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިރާގުގައި ހަމަލާތައް ބަދަލުކުރެވެމުންދަނީ އައިއެސް ޖަމާއަތާއި އިރާގު ސިފައިންނާއި ދެމެދުގަ އެވެ. ހަމަލާތައް ބަދަލުކުރެވެމުންދާއިރު އައިއެސްއިން އަންނަނީ އިރާގުގެ ބައެއް ސަރަހައްދުތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންނަމުންނެވެ. އަދި ކޮންޓްރޯލްގެ ދަށަށް ގެންނަ ބައެއް ސަހައްދުތަކުގެ މީހުން މަރަމުން އަންނަކަމަށްވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް