ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން އީގަލްސް ލީގުގެ ކުރިއަށް ޖެހިލައިފި

ސޯސް: އެމްވީ ސްޕޯޓްސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހު ވަގުތު އިސްމާއިލް އީސާ (މެސީ) ކާމިޔާބުކޮށްދިން ލަނޑުން ލީގުގެ ކުރިއަށް ކްލަބު އީގަލްސް ޖެހިލައިފި އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މ...

23 Jun 2015 | 22:59

ސޯސް: އެމްވީ ސްޕޯޓްސް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހު ވަގުތު އިސްމާއިލް އީސާ (މެސީ) ކާމިޔާބުކޮށްދިން ލަނޑުން ލީގުގެ ކުރިއަށް ކްލަބު އީގަލްސް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކްލަބު ވެލެންސިއާ އަތުން އީގަލްސް މޮޅުވީ 2-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ވެލެންސިއާއިން ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ދެޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފްގެ ކުރީކޮޅު އީގަލްސްއިން ވަނީ މެޗުގެ ލީޑުނަގާފައެވެ. އަދުހަމް ދިން ބޯޅައަކުން މެޗުގެ 49 ވަނަ މިނެޓްގައި މި ގޯލް އީގަލްސްއަށް ކާމިޔާބުކޮށްދިނީ އިމްރާން ނާޝިދުއެވެ.

މެޗުގެ 63 ވަނަ މިނެޓްގައި ވެލެންސިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އަކްރަމް ދިން ބޯޅައަކުން މި ލަނޑު ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަބްދުﷲ (އިއްބެ) އެވެ.

އީގަލްސްއިން ދެވަނަ ފަހަރަށް ލީޑުނެގީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. ސިފާއު ދިން ބޯޅައަކުން މި ގޯލް އީގަލްސްއަށް ކާމިޔާބުކޮށްދިނީ، އިސްމާއިލް އީސައެވެ. އެލަނޑު ކާމިޔާބުކޮށް، އުފާފާޅުކޮށް ނިމުމާއެކު ދެވަނަ ރީނދޫ ކާޑަކާއެކު އީސައަށް ވަނީ ރަތް ކާޑެއްވެސް ދައްކައިފަ އެވެ.

މި ނަތީޖާއާއެކު އީގަލްސް އޮތީ ހަތް ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގައެވެ. ވެލެންސިއާއަށް އަދި ލީގުގައި ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް