"ނަޝީދުގެ ގޭބަންދުގެ މުއްދަތު ދެމަހަށް ބަދަލެއް ނުކުރޭ، ގޮތެއް ނިންމަނީ މާދަމާ"

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެމަހަށް ގޭބަންދަށް ބަދަލުކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެކަމާމެދު ގޮތެއް ނިންމާނީ މާދަމާކަމަށް ހޯ...

23 Jun 2015 | 20:52

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެމަހަށް ގޭބަންދަށް ބަދަލުކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެކަމާމެދު ގޮތެއް ނިންމާނީ މާދަމާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިން ދުވަހުގެ ގޭ ބަންދެއްގައި ހުންނެވި ނަޝީދުގެ ގޭ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ރަސްމީ އެއްވެސް ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އަދި ގޭ ބަންދުގެ މުއްދަތު އިތުރު ކުރުމާމެދު ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގޮތެއް ނިންމަވާނީ މާދަމާ ކަމަށްވެސް ތަޒްމީލު ވިދާޅުވި އެވެ.  ގައިދީނާއި ޖަލުތައް ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިންގަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރީ އޭޑީކޭގެ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ. މިދިޔަ އާދީއްތަ ދުވަހު ގޭ ބަންދަށް ބަދަލު ކުރީ ތިން ދުވަހަށެވެ. އެ މުއްދަތު މާދަމާގެ މެންދުރު ފަހަށް ހަމަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް