އަރަބިކަނޑުން އިންޑިއާގެ އައްސޭރިފަށުން ބަލާނަމަ ކޮންކަން-ގޯއާ ސަރަހައްދުގައި ކޮޅިގަނޑެއް އުފެދިއްޖެއެވެ.
އިންޑިއާގެ މީޓީއޮރޮލޮޖިކަލް ޑިޕާޓްމަންޓުން އިއްޔެ މެންދުރު ބުނެފައިވާގޮތުގައި އެ ކޮޅިގަނޑުގެ މިހާރުގެ ދަރަޖައަކީ "Well Marked Low Pressure Area" އެވެ.
ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ދަތުރުކުރަމުންދާނީ އުތުރަށް ކަމުގައި ލަފާކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑުގެ ދަރަޖަ "Depression" އަކަށް ބަދަލުވުމުގެ ފުރުޞަތު ބޮޑުކަމަށްވެސް ބުނެފައިވެއެވެ.
އަރަބިކަނޑާއި ބަންގާޅު ކަނޑުގައި އުފެދޭ ކޮޅިގަނޑުތަކާއި ތޫފާންތަކުގެ އަސަރު ނުސީދާގޮތެއްގައި ރާއްޖެއަށް ކުރަމުންދެއެވެ. ނަމަވެސް މިހާރު އުފެދިފައިއެވާ ކޮޅިގަނޑު ދަތުރުކުރާނީ އުތުރަށް ކަމަށް އިންޑިއާ މެޓުން ލަފާކުރާއިރު އެހެންކަމަށްވުމުން ކޮޅިގަނޑު އެ ދަނީ ރާއްޖެއާ ފެއަށް ޖެހެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް