ރަހީނުކޮށްގެން ގެންގުޅުނު ބިދޭސީއަކު ސަލާމަތްކޮށްފި

މާލޭގެ ގެސްޓްހައުސްއެއްގައި ބަންދުކޮށްގެން ގެންގުޅުނު ބިދޭސީއަކު ސަލާމަތްކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ މާފަންނު ގެސްޓްހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެ...

24 May 2024 | 18:13

މާލޭގެ ގެސްޓްހައުސްއެއްގައި ބަންދުކޮށްގެން ގެންގުޅުނު ބިދޭސީއަކު ސަލާމަތްކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ މާފަންނު ގެސްޓްހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅޭކަމުގެ ރިޕޯޓު ލިބިގެން އެ ގެސްޓްހައުސްގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.

ބަންދުކޮށްގެން ގެންގުޅުނީ ނޭޕާލަށް ނިސްބަތްވާ ފިރިހެނެއް ކަމަށާއި އެމީހާ މިހާރު ސަލާމަތް ކުރެވިފައިވާއިރު ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ މި މައްސަލައިގާ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެމީހަކު ހައްޔަރުކޮށްފައިވާކަމަށާއި ސަލާމަތްކުރި ނޭޕާލު މީހާއަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް