ގެނބުނު ފަތުރުވެރިއަކު މަރުވެއްޖެ

ރިސޯޓެއްގައި ގެނބުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓެއްގައި ފީނަން ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދާކަމުގެ ރިޕޯޓް މިއަދު ހެނދުނު 11:30 ހާއިރު ލިބުނު...

24 May 2024 | 09:57

ރިސޯޓެއްގައި ގެނބުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓެއްގައި ފީނަން ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދާކަމުގެ ރިޕޯޓް މިއަދު ހެނދުނު 11:30 ހާއިރު ލިބުނު ކަމަށެވެ.

އެ ފަތުރުވެރިޔާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ ފަތުރުވެރިޔާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މަރުވެފައިވަނީ ރަޝިޔާއަށް ނިސްބަތްވާ 67 އަހަރުގެ ފިރިހެނެކެވެ. ހާދިސާ ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.

އެއީ ކޮން ރިސޯޓެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް