ފ. ނިލަންދޫއާ ބިލެއްދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއަށް

ފ. ނިލަންދޫ އާއި ބިލެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގ...

24 May 2023 | 11:49

ފ. ނިލަންދޫ އާއި ބިލެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ހަމީދެވެ.

މި އެއްބަސްވުމުގެ ދަށުން ބިލެއްދޫ ބަނދަރުގެ 45,100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 2,900 ކިއުބިކް މީޓަރުގެ

ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 419 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 620 މީޓަރުގެ ސަރަޙައްދެއްގައި

ރިވެޓްމެންޓް ޖެހުމާއ،ި 258 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލާނެ އެވެ.

މީގެ އިތުރުން 224 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ

ރޭމްޕެއް ހެދުމާއ،ި 133 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 2,977 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއ،ި 617 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫޢަކީ 66.96 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 450 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ނިލަންދޫ ބަނދަރު މަޝްރޫޢުގެ ދަށުނ،ް 55,141 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 6,933 ކިއުބިކް މީޓަރުގެ

ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 261 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 75 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 194 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލާނެ އެވެ.

މީގެ އިތުރުން 188 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 237 މީޓަރުގެ ސަރަޙައްދެއްގައި

އެއްގަމުތޮށި ލުމާއ،ި މޫރިންގ ބޯއީސް ހަރުކުރުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 100 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއު ނިމޭއިރު 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 1,151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއ،ި 204 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫޢަކީ 61.75 މިލިއަން ރުފިޔާއަށް 510 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލު ކުރި މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް