"ދަ ޑިމޮކްރޭޓްސް" އުފެއްދުމުގެ ހުއްދަ ދީފި

ރައްޔިތުންގެމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ ޕާޓީ "ދަ ޑިމޮކްރޭޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ. އެ ހުއްދަ އާއި އެ ޕާޓީގެ ފަރާތުން ހަވާލ...

24 May 2023 | 11:21

ރައްޔިތުންގެމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ ޕާޓީ "ދަ ޑިމޮކްރޭޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އެ ހުއްދަ އާއި އެ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ނަިއބު ރައީސް އިސްމާއިލް ހަބީބެވެ.

އެ ޕާޓީ އުފައްދަން ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ އާދިއްތަ ދުވަހު އެވެ.

މި ޕާޓީ އަކީ އެމްޑީޕީގެ ތެރެއިން ބަޔަކު ވަކި އުފައްދާ ޕާޓީ އެކެވެ. މި ޕާޓީ އާއި ގުޅިވަޑައިގެންނެވުމަށް އެމްޑީޕީގެ12 މަޖިލީސް މެމްބަރަކު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައި އެވެ.

އަދި އާންމު ގިނަ މެމްބަރުންތަކެއްވެސް ދަނީ ޕާޓީން ވަކިވަމުންނެވެ.

"ދަ ޑިމޮކްރޭޓްސް" އިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން ވަނީ އިއުލާނުކޮށްފައި އެވެ. ބެލެވޭ ގޮތުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވާނީ ރައީސް ނަޝީދެވެ.

އެކަމަކު ނަޝީދު އަދި ހުންނެވީ އެމްޑީޕީގައި އެވެ. އެމްޑީޕީން ބުނީ އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގެ އަޑީގައި ނަޝީދު ހުންނެވިޔަސް އެ ޕާޓީން އެމަނިކުފާނު ވަކި ނުކުރައްވާނެ ކަމަށާއި ބޭނުންފުޅުވާނަމަ އަމިއްލައަށް ވަކިވެވަޑައިގެންނަވަން ވީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް