ރާއްޖޭގެ ޓޫރިޒަމްގެ ފަސްވަނަ މާސްޓަ ފްލޭން މާދަމާ އިފްތިތާހު ކުރުމަށް ނިންމައިފި އެވެ.
މިކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ބުނީ ފަސްވަނަ މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.
އަދި ޓޫރިޒަމް މިނިސްޓްރީން ބުނީ ފަސްވަނަ މާސްޓަ ޕްލޭނަކީ ރާއްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތްތަކަކަށް ގެންދެވޭނެ ގޮތަކަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ.
ހަމައެހެންމެ ފަސްވަނަ މާސްޓް ފްލޭންގައި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީ ކުރެވޭނެ ގޮތްތަކެއް ހިމަނާފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގެ ހަތަރުވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އެކުލަވާލާފައި ވަނީ 2013 އިން 2018ގެ ނިޔަލަށް ކުރަންހުރި ކަންކަމަށް އިސްކަންދީގެން 2013 ވަނަ އަަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް