އެމްއާރްއެމް އުވާލަން ނިންމައިފި

ކުރީގެ ރައީސް މައުމޫން އިސްވެ އުފެއްދެވި ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީ އިން މި ނިންމުން ނިންމާފައިވަނީ ތިން ހާސް މެނ...

24 May 2023 | 07:51

ކުރީގެ ރައީސް މައުމޫން އިސްވެ އުފެއްދެވި ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީ އިން މި ނިންމުން ނިންމާފައިވަނީ ތިން ހާސް މެންބަރުން ހަމަނުވާތީ ދެވަނަ ނޯޓިސް އެއް ދިނުމަށްފަހު ކަމަށް އީސީން ބުނެއެވެ.

މެންބަރުންގެ އަދަދު 3000 އަށް ނުވާތީ ފުރަތަމަ ނޯޓިސް އެ ޕާޓީއަށް ދިނީ 2022 ވަނަ އަހަރުގެތެރޭގައެވެ. ނަމަވެސް އެ ފަހަރު އެ ޕާޓީން އެ އަދަދު ހަމަކުރިއެވެ. އެހެން ނަމަވެސް އަނެއްކާވެސް މެންބަރުންގެ އަދަދު ހަމަނުވާތީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަލުން ނޯޓިސް ފޮނުވިއެވެ. އުވާލަން ނިންމާފައިވަނީ އެ ނޯޓިސްގެ މައްޗަށް ބިނާކޮށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް