އުރީދޫ ނޭޝަން ޕަބްޖީ ވައިލްޑް ކާޑް – އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕަބްޖީ ޗެމްޕިއަންޝިޕަށް ކޮލިފައި ވުމުގެ ފަހުގެ ފުރުސަތު

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް ގެ ވައިލްޑް ކާޑް ރައުންޑް ގައި ބައިވެރިވުމަށް ރަޖިސްޓަރވާން ބޭނުންވާ ފަރާތްތަކަށް 25 މޭ 2023 ގެ ކުރިން ރެޖިސްޓަރވެވޭނެ ކަމުގައި އުރީދޫއިން ބުނެފިއެވެ . ވައިލްޑް ކާޑ...

24 May 2023 | 07:05

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް ގެ ވައިލްޑް ކާޑް ރައުންޑް ގައި ބައިވެރިވުމަށް ރަޖިސްޓަރވާން ބޭނުންވާ ފަރާތްތަކަށް 25 މޭ 2023 ގެ ކުރިން ރެޖިސްޓަރވެވޭނެ ކަމުގައި އުރީދޫއިން ބުނެފިއެވެ .

ވައިލްޑް ކާޑް އަކީ 100،000ރ ފައިސާގެ އިނާމު ލިބޭ ޕަބްޖީ ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތެވެ. ވައިލްޑް ކާޑް ގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 25 މޭ 2023 ގެ ދަންވަރު 12 ގެ ކުރިން http://ore.do/pubgwildcard މެދުވެރިކޮށް ރެޖިސްޓަރ ކުރަންވާނެ ކަމުގައި އުރީދޫއިން ބުނެއެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވައިލްޑް ކާޑް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު ޖޫން މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ އެންމެ ފަހުގެ ކޮލިފައިންގް ޓޯނަމަންޓްއެވެ. 2022 ވަނަ އަހަރުން ފެށިގެން ކޮންޓެންޑަރ ކޮލިފައިންގް ސިލްސިލާއެއް ބޭއްވާ މިހާރު ވަނީ 9 ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ހޯދާފައެވެ. ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ވައިލްޑް ކާޑްގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެއެވެ. 26 މޭ 2023 ގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ 25 މޭ 2023 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް  އަކީ 100،000 ރުފިޔާ ގެ ޕްރައިޒް ޕޫލަކާ އެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕަބްޖީ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 16 ޓީމުން ވާދަކުރާއިރު 9 ޓީމެއް މިހާރު ވަނީ މި މުބާރާތުން ޖާގަ ހޯދާފައެވެ. ވައިލްޑް ކާޑްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ 7 ޓީމަކަށް ބާކީ ހުރި ޖާގަ ލިބިގެންދާނެއެވެ.

ވައިލްޑް ކާޑަށް ރެޖިސްޓަރ ވުމަށް http://ore.do/contender ޒިޔާރާތްކޮށްލުމަށް އުރީދޫއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް