އިންޑިއާގެ އެންމެ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާގެ ތެރޭގައި ހިމެނޭ "އަނޫޕަމާ" ގައި މުހިންމު ރޯލަކުން ފެނިގެންދާ އެކްޓަރު ނިތޭޝް ޕާންޑޭ (ނީރަޖް ކުމާރު) މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރުވީ ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ވެ އެވެ.
ނިތޭޝްއަށް ހާޓް އެޓޭކު ޖެހުނީ އަނޫޕަމާގެ ޝޫޓިންއަށް މަހާރާޝްޓްރާގެ ނާޝިކްގެ އިގަތްޕޫރުގައި އުޅެނިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނިތޭޝް މަރުވިއިރު އުމުރަކީ 51 އަހަރެވެ.
މަރުވި އިރު އޭނާގެ އަންބަކު އެބަހުއްޓެވެ.
އޭނާ މީގެ ކުރިން ކުޅެފައިވާ މަޝްހޫރު ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި "އަނޫޕަމާ" ގެ އިތުރުން "އިންޑިއާވާލީ މާ" ހިމެނެ އެވެ. މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އޯމް ޝާންތީ އޯމް"، ދަބަންގް2" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް