ތޫނު ހަތިޔާރާއި އެކު ގެއަކަށް ވަދެ ބިރު ދެއްކި މީހާ އަމިއްލައަށް ފުލުހާއި ހަވާލުވެއްޖެ

ތޫނު ހަތިޔާރާއި އެކު ގެއަކަށް ވަދެ ބިރު ދެއްކި މީހާ ހައްޔަރު ކޮށްފި އެވެ. މި މައްސަލައިގަ ފުލުހުން ހޯދަން އިއުލާނު ކުރީ ރ. މަޑުއްވަރީ. ދެތަނޑިމާގެ އުމުރުން 34 އަހަރުގެ އިބްރާހިމް ސަމީން އެވެ. އޭނާ ހޯދ...

24 May 2023 | 04:42

ތޫނު ހަތިޔާރާއި އެކު ގެއަކަށް ވަދެ ބިރު ދެއްކި މީހާ ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގަ ފުލުހުން ހޯދަން އިއުލާނު ކުރީ ރ. މަޑުއްވަރީ. ދެތަނޑިމާގެ އުމުރުން 34 އަހަރުގެ އިބްރާހިމް ސަމީން އެވެ. އޭނާ ހޯދަން އިއުލާނު ކުރީ އިއްޔެ އެވެ.

ފުލުހުން މިއަދު ބުނީ އެމީހާ ހައްޔަރު ކުރީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ކަމަށެވެ. އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވީ ރޭގެ ވަގުތެއްގައި އެވެ.

އެމީހާ ހޯދަން ފުލުހުން އިއުލާނު ކުރީ ގެއަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ބިރު ދެއްކި މައްސަލައެއްގައި އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް