އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ ދަރިފުޅު ރަހާ ކަޕޫރު ބަލައިދޭން އެންމެ ރަނގަޅު ބޮލީވުޑް ތަރިއަކީ ޝާހްރުކް ހާން ކަމަށް ރަންބީރު ބުނެފި އެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ރަހާ ލިބުނީންސުރެ ނޫސްވެެރިން ރަންބީރު ނުވަތަ އާލިއާ އާއި ސުވާލެއް ކުރާނަމަ ރަހާ އާއި ގުޅުވަ އެވެ. މިފަހަރު ނޫސްވެރިއަކު ކުރި ސުވާލަކީ ބޮލީވުޑްގައި އެންމެ ރަނގަޅަށް ދަރިން ބަލާ މީހުންގެ ގޮތުގައި ފާހަގަ ކުރަނީ ކާކުތޯ އެވެ.
ރަންބީރު ބުނީ އޭނާއަށް އެންމެ ރަނގަޅު މީހެއްގެ ގޮތުގައި ފެނިގެންދަނީ ޝާހްރުކް ކަމަށެވެ. ޝާހްރުކް އެންމެ ހަގު ދަރިފުޅު އަބްރަމް ހާންވެސް ބަލަހައްޓަމުން ދަނީ ވަރަށް އޯގާތެރިކަމާއި އެކު ރަނގަޅަށް ކަމަށާއި އޭނާ ދަރިފުޅު ޝާހްރުކާއި ބަލަން ހަވާލު ކުރަން ފަސް ނުޖެހޭނެ ކަމަށެވެ.
ރަންބީރު ބުނީ ޝާހްރުކް އަތުން ހަނާއަޅާލައި ކޮށްލާ އިޝާރާތުގެ އޯގާތެރިކަމުންވެސް ރަހާ ހުއްޓާލައި ބަސް އަހައިގެން އިންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ރަންބީރުގެ އިތުރުން މީގެ ކުރިން މަހީޕް ކަޕޫރު ދިން އިންޓަވިއުއެއްގައިވެސް ވަނީ ޝާހްރުކަކީ ކުޑަކުދިން ބެލެހެއްޓުމުގައި އާދަޔާ ހިލާފު މޮޅު މީހެއް ކަމަށް ބުނެފައި އެވެ. އެގޮތުން ސުހާނާ ހާން ކުޑައިރު އޭނާ އޭނާގެ އެކުވެރިން ކަމަށްވާ ސަޔާނާ ކަޕޫރާއި އަނަންޔާ ޕާންޑޭއާ ތިން ކުދިން ހަވާލު ކޮށްފައި ގޯރީ ހާން އާއި ދެކުދިންގެ މަންމަ މަޖާކޮށްލަން ދިޔަ ކަމަށެވެ.
އެވަގުތު ތިން ކުދިން ބެލީ ޝާހްރުކް ކަމަށާއި އެ ދުވަހު ތިން ކުދިން ގޮވައިގެން ބޭރަށް ގޮސް ޝޮޕިންއަށްވެސް ދިޔަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް