ދުވަހުގެ މޫސުން: ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައި...

24 May 2023 | 04:00

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުންލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އެހެން ހިސާބުތަކަށްވެސް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން މިއަދު އެކަށީގެންވެއެވެ.

"ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް މެޓުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް