ހުޅުމާލޭ ހިޔާ ފްލެޓުތަކުގައި ހަވީރު 6:00 އިން ފެށިގެން މަސައްކަތް ކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.
ހިޔާ ފްލެޓަށް އަދިވެސް މީހުން ބަދަލުވަމުން އަންނަ އިރު މަރާމާތު ކުރުމުގެ މަސައްކަތްތައް ގިނަ އަދަދެއްގެ ފްލެޓުގައި ކުރިޔަށް ދެ އެވެ.
މީގެ ކުރިން އޮންނަ ގޮތުން ރޭގަނޑު 10:00 ގެ ފަހުން އަޑު ގަދަވާ ޒާތުގެ މަސައްކަތެއް ނުކުރެވޭނެ އެވެ.
ނަމަވެސް އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އިރުއޮއްސި 6:00 އިން ހެނދުނު 8:00 އާ ދެމެދު އަޑުގަދަވާ ފަދަ މަސައްކަތް ނުކުރެވޭނެ ކަމަށް އަންގައިފަ އެވެ.
މީގެ އިތުރުން ފްލެޓުތަކުގެ މަސައްކަތް ކުރާއިރު އަވަށްޓެރި ފްލެޓުތަކަށް އުނދަގޫ ނުވާ ގޮތަށް މަސައްކަތް ކުރުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް