މާލެއަށް ކަރަންޓު ދިނުމަށް މިއަދު ދިމާވި މައްސަލަ ހައްލު ކުރަން ދެ ދުވަސް ނަގާނެ ކަމަށް ސްޓޭލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ފުރަތަމަ ކަރަންޓު ކެނޑުނީ ފަތިހު4:00 ހާއިރު އެވެ. އޭގެ ފަހުން ހެނދުނު7:00 ގައި މުޅި މާލެއިން ކަރަންޓު ކެނޑުއިރު ވަގުތީ ހައްލަކާއި އެކު މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވުނީ ފަސް ގަޑިއިރު ފަހުންނެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ މައްސަލަ ހައްލުވަންދެން ކުރިޔަށް އޮތް ދެ ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ. މިހާރު ހޯދާފައިވަނީ ވަގުތީ ހައްލެއް ކަމަށާއި ދާއިމީކޮށް ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނީ އިތުރު ކޭބަލެއް އަޅައިގެން ކަމަށް ވިދާޅުވި އެވެ.
އެގޮތުން ސިޓީ ކައުންސިލާ ގުޅިގެން މަގު ކޮނުމުގެ ހުއްދަ ހޯދައިގެން އިތުރު ކޭބަލެއް ވަޅުލުމުގެ މަސައްކަތް ފަށާާފައިވާ ކަމަށް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ދެމުން އައި ކޭބަލެއް ހަލާކުވެ އެ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެނީ އެހެން ހަތަރު ކޭބަލެއް މެދުވެރިކޮށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް