ވައްކަމުގެ މައްސަލައެއްގައި ބަޔާން ނެގުމަށް އަންހެނަކު ހޯދަން އިއުލާނުކޮށްފި

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ބަޔާން ނެގުމަށް އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މާލެ ގެއަކުން ވައްކަންކޮށްފައިވާ...

24 May 2022 | 10:30

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ބަޔާން ނެގުމަށް އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މާލެ ގެއަކުން ވައްކަންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ ހޯދަނީ ލ. ކުނަހަންދޫ / ބަހާރުގެ، ސަލީމާ ޢަދުނާން (33އ) އެވެ. އޭނާ ހާޒިރުކުރަން ބޭނުންވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް/ ބަޔާން ނެގުމަށް ކަމަށާއި މާފަންނު ޕޮލިސް ސްޓޭޝަނަށް 2022 މެއި 31 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވާން ބުނެފައިވެއެވެ. މީގެ އިތުރުން މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް