ރާއްޖެއިން މީގެ ކުރިން ފެނިފައިނުވާ މާކަނާ އާއިލާގެ ދޫންޏެއް ފެނިއްޖެ އެވެ.
އެންވިރޮންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ އެ ދޫނި ފެނުނީ ލ. ހިތަދޫން މިދިޔަ ފެބްރުއަރީ 20 ގައި ކަމަށެވެ. ދޫނި ވައްތަރީ މާކަނާ އާއިލާގެ ދޫންޏަކާއި އެވެ.
އީޕީއޭއިން ލަފާ ކުރާގޮތުގައި މިއީ، އެ ބާވަތުގެ ދޫންޏެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރެވެ. މިހާތަނަށް ހޯދި ލިޔުންތަކާއި މައުލޫމާތުތަކުން ވެސް އެ ދޫންޏާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
އާންމުކޮށް މި ވައްތަރުގެ ދޫނި ފެންނަނީ ފިނި މޫސުމުގައި އެވެ. މި ސަރަހައްދުގެ ގައުމުތައް ކަމަށްވާ އިންޑިއާ އަދި ސްރީލަންކާއިން މި ދޫނި ފެނިފައިވެ އެވެ.
އީޕީއޭއިން ބުނީ އެ ދޫނި މައިގަނޑު ގޮތެއްގައި ކަނީ ކުދި ޖަނަވާރު ކަމަށެވެ. އޭގެ ތެރޭގައި މަސްކާށި ދޫންޏާއި ބޮއް ހިމެނެ އެވެ. އަދި މަހާއި ބިސް ވެސް ކައި އުޅެ އެވެ. އެ އެއްޗެހި ދިރިއުޅެނީ ކުޅި ކަހަލަ ތަންތަނުގަ އެވެ.
https://twitter.com/EPAMaldives/status/1528990736103841792
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް