ދަތުރު ނެގުމުގެ ކުރިން ދާން ބޭނުންވާ މަންޒިލް ޓެކްސީ ޑްރައިވަރަށް ނޭނގޭގޮތަށް އެޕްލިކޭޝަން ހެދުމަށް އަންގައިފި

ޑްރައިވަރުން ދަތުރު ނެގުމުގެ ކުރިން ދާން ބޭނުންވާ މަންޒިލް ނޭނގޭނެ ގޮތަށް ޓެކްސީ އެޕްލިކޭޝަންތައް ހެދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފި އެވެ. އެގޮތަށް ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާކަން ހާ...

24 May 2022 | 08:54

ޑްރައިވަރުން ދަތުރު ނެގުމުގެ ކުރިން ދާން ބޭނުންވާ މަންޒިލް ނޭނގޭނެ ގޮތަށް ޓެކްސީ އެޕްލިކޭޝަންތައް ހެދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފި އެވެ.

އެގޮތަށް ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާކަން ހާމަ ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ނަހުލާ މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ލިޔުމުން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޖަވާބުގައި އެވެ.

ރިޔާޒު ސުވާލު ކުރެއްވީ މާލެއާއި ހުޅުމާލެ އިން ޓެކްސީ ހޯދަން އާންމުންނަށް ދަތިވާތީ ފަސޭހަކަމާއެކު އާންމުންނަށް ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްދިނުމާއި ގުޅޭގޮތުންނެވެ.

ޓެކްސީގެ ހިދުމަތް އެޕްލިކޭޝަންތައް މެދުވެރިކޮށް ދޭން ފަރާތްތަކަށް ބައެއްކަންކަން އިސްލާހު ކުރަން އަންގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެކަމެއް މިނނިސްޓަރު ފާހަގަ ކުރައްވާފައިވެ އެވެ.

އެއީ ޓެކްސީ ޑްރައިވަރުން ދަތުރު ނެގުމުގެ ކުރިން ފަސިންޖަރުން ދާން ބޭނުންވާ މަންޒިލް ނޭނގޭނެ ގޮތަށް އެޕްލިކޭޝަންގެ ޑިޒައިން ބަދަލުކުރަން އެންގުމެވެ. އަދި އެޕް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދެމުންގެންދާ ފަރާތްތަކުން އެޕްލިކޭޝަންތައް ޑައުން ކުރުމުގެ ޝަކުވާ މިނިސްޓްރީއަށް ހުށަހަޅާތީ އެކަން ނުކުރަން ސެންޓަރުތަކަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޓެކްސީތަކުން ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އޮންލައިން އެޕްލިކޭޝަންތައް އެ ހިދުމަތް ދޭ ފަރާތްތަކުން ގަސްދުގައި ޑައުންކުރާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބޭ ކަމަށެވެ. އެކަންވެސް ނުކުރަން އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ޑްރައިވަރުންނަށް ދާ މަންޒިލް ނޭނގޭ ގޮތަށް މިނިސްޓްރީން އަންގަން ޖެހުނީ މަލެ ތެރޭގެ ދަތުރުތައް ނަގަން ޓެކްސީ ޑްރައިވަރުން ދެކޮޅުހަދާ މައްސަލަ އިތުރުވުމުންނެވެ. ހުރިހާ ޑްރައިވަރުންހެން ދަތުރު ނަގަނީ ހުޅުމާލެއިން މާލެއަށް ނުވަތަ އެއާޕޯޓަށް ފަދަ ދިގު ދަތުރުތަކަށް އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް